ސިވިލް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި އުފުލާ އަދި ވަކިކުރުމުގެ މަސައްކަތް

 

މިކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގގެ ތިންވަނަ ފުލޯ އަދި ގްރައުންޑު ފުލޯގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ގެންގޮސް މިކޯޓުން ދައްކާ ތަނެއްގައި ބަހައްޓައި، މިކޯޓުން ބުނާގޮތަށް އައިޓަމްތައް ވަކިކޮށްދިނުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 7900015 އަށް ގުޅުއްވުންއެދެމެވެ. އަދި ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވަނަ ދުވަހު 12:00ގެ ކުރިން މިކޯޓުގެ ޕްރޮކިއުމަންޓް ސެކްޝަންގެ އީމެއިލް: [email protected] އަށް ކޯޓޭޝަން ހުށަހެޅުއްވުންއެދެމެވެ.

16 ސެޕްޓެންބަރު 2025
ހޯދާ