ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕް

ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

ޕަބްލިކް ސާރވިސް މީޑިއާގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މީޑިއާގެ ދާއިރާއަށް މީހުން ބިނާކޮށް މިދާއިރާގައި މަސައްކަތްކުރާނެ މީހުން އުފެއްދުމަށް އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މިޕްރޮގްރާމްގެ ފުރަތަމަ ވޯކްޝޮޕް ކުރިއަށްދާނީ މި ސެޕްޓެމްބަރު މަހުގެ 24 އިން އޮކްޓޫބަރު މަހުގެ 3 އަށް ނިޔަލަށް ހދ. ކުޅުދުއްފުށީގައެވެ. މި ވޯކްޝޮޕްގައި ނޫސްވެރިކަމާއި، ކެމެރާކުރުމާއި، ވީޑިއޯ އެޑިޓްކުރުމުގެ އިތުރުން، ޚަބަރާއި ޕްރޮގްރާމް ހުށަހަޅައިދިނުމުގެ ދާއިރާއިން މީހުން ތަމްރީންކޮށް، އެ ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ.

އެހެންކަމުން، ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕްގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މިސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިންސްޓިޓިއުޓްގެ އީމެއިލް [email protected] އަށް މިޢިއުލާނުގައި ހިމެނިފައިވާ އެޕްލިކޭޝަން ފޯމް ފުރުއްވާ، ކަމާގުޅޭ ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެމް.އެމް.އައިގެ 3000340 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވޯކްޝޮޕްގެ މުއްދަތު: 30 ގަޑިއިރު (ކޮންޓެކްޓް)

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން: އައިޑީ ކާޑުގެދެފުށުގެ ސާފު ކޮޕީ

އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް:

 

                    މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 ސެޕްޓެންބަރު 2025
ހޯދާ