މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނާއި ތަކެތި ވިޔަފާރި އުސޫލުން ބަލަހައްޓާނެ ފަރާތެއް ހޯދުން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތަކާއި، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރާއި، ބިންބިމުގައި، މި ކުންފުނިން ކަނޑައަޅާ އިޝްތިހާރު ސްލޮޓްތައް ވިޔަފާރި އުސޫލުން ބަލަހައްޓާނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2013 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ނުވަތަ ޕްރޮޕޯޒަލް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.

އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު

މާލެ

ފޯނު: 3001148

ފެކްސް: 3323221

އީ މެއިލް : [email protected]

މި މަސައްކަތާ ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް ބައްދަލުވުން 8 އެޕްރީލް 2013 ވާ ހޯމަ ދުވަހުގެ 15:35 ގައި ހ.ސޯމިލް ގެ ގްރައުންޑް ފްލޯ މީޓިންގ ރޫމުގައި އޮންނާނެއެވެ. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން މި ބައްދަލުވުމަށް ހާޒިރުވުމަކީ ލާޒިމު ކަމެއް ނޫނެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް (ރިކްއެސްޓް ފޮރ ޕްރޮޕޯޒަލް) އެމްޓީސީސީގެ ވެބްސައިޓް www.mtcc.com.mv އިން ލިބެން ހުންނާނެއެވެ.

01 އޭޕްރިލް 2013
ހޯދާ