ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިއުލާން

މި އޮފީހުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.          

މަޤާމު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ  

އަދަދު: 1 (އެކެއް)

މުސާރަ: -/5,000 ރުފިޔާ (ތިންމަހުގެ ޕްރޮބޭޝަނަށްފަހު މަސައްކަތުގެ ފެންވަރާއި އަޚްލާޤަށް ބެލުމަށްފަހު، ދާއިމީ ކުރެވޭނެއެވެ. އަދި މުސާރައަށް ބަދަލު ގެނެވޭނެއެވެ.)

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: ރެފްރީޒް ޑިޕާޓްމަންޓް       

ފެންވަރު ނުވަތަ ޝަރުޠު: ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

* ރެފްރީންނަށް ބޭއްވޭ ޓްރޭނިންގ ސެޝަންތަކަށް ހާޒިރުވެވޭނޭ ފަރާތަކަށްވުން. 

* ހަވީރާއި ރޭގަނޑު ކުޅެވޭ މެޗްތަކަށް ދަނޑަށް ހާޒިރުވެވޭނޭ ފަރާތަކަށްވުން.  

* މުޢާމަލާތުކުރުމުގެ ހުނަރު ހުރުން، އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

* ހަވާލުކުރެވޭ މަސައްކަތްތައް މުސްތަޤިއްލުކަމާއެކު ކުރުމުގެ ޤާބިލުކަން ހުރުން.

* ޓީމެއްގެގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

* ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން. 

* ދިމާވާ އެކިއެކި ޙާލަތްތަކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

* ވަޒީފާގެ މުއްދަތުގައި ޤައުމީ ފެންވަރުގެ ފުޓްބޯޅަ ކުޅުމާއި، ކުލަބެއްގައި ޢަމަލީގޮތެއްގައި ހަރަކާތްތެރި ނުވުން. 

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، އައިޑީކާޑުގެ ކޮޕީއާއި، ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް، 2015 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމަށް ހުށަހެޅުން އެދެމެވެ.

27 ޛުލްޙިއްޖާ 1436

11 އޮކްޓޫބަރު 2015
ހޯދާ