ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ނ.މާޅެންދޫގައި އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޫބަރު 2015ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓްކޮޕީ ފޯމެޓްގައި ބީލަންފޮތް ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018415 ، ފެކްސް: 3018301
އީމެއިލް: [email protected]
ބީލަން ހުޅުވުން އޮންނާނީ 26 އޮކްޓޫބަރު 2015ވާ ހޯމަ ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
