ދިވެހިރާއްޖެ
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ގޯތީގެ ވަށާފާރު އަދި ޕޯޓިކޯގެ ކުރިމަތީގައި ގާ އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: N-11-C/2015/13 އިޢުލާނު ގެޒެޓް ކުރެވުނުއިރު ކަމާބެހޭ ރަށްރަށުގައި އިޢުލާނު ޢާންމުންނަށް ފެންނާނެހެން ބެހެއްޓިފައިނުވާތީ، މަތީގައި ދެންނެވިފައިވާ މިކޯޓުގެ އިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދިނުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އޮކްޓޫބަރު 2015 ދުވަހުގެ 14:00 އަށް ތ.ހިރިލަންދޫ މެޖިސްޓްރޭޓްކޯޓަށް، ނުވަތަ ތ.ވޭމަންޑޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އޮކްޓޫބަރު 2015 ދުވަހުގެ 14:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
17 ޛުލްޙިއްޖާ 1436