މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް 2025 ސެލެކްޝަންގައި ބައިވެރިވުމުގެ މުއްދަތައް ބަދަލު ގެނައުން

މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް 2025 ސެލެކްޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ކުރި އިއުލާނު ނަންބަރު MCA/IL/020/2025 އާއި ހަވާލާދީ ދަންނަވަމެވެ. 

އެ އިއުލާނުގައި ކަނޑައާޅާފައިވާ، ސެލެކްޝަންގައި ބައިވެރިވުމުގެ މުއްދަތާއި، ސެލެކްޝަން ބާއްވާ ތާރީޚަށް މިހާރު ވާނީ ބަދަލު ގެނެވިފައެވެ. މި ބަދަލުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. 

ކޮމަންވެލްތު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު: 8 ނޮވެމްބަރ 2025 އިން 17 ނޮވެމްބަރ 2025 އަށް.

ރާއްޖެއިން ބޭރަށްދާ އޮފިޝަލް ކުޅުންތެރިން ހޮވުމަށް ބާއްވާ ސެލެކްޝަންގައި ބައިވެރިވުމުގެ ސުންގަޑި: 30 ސެޕްޓެމްބަރ 2025 ، 23:59

ސެލެކްޝަން ފެށުމަށް ހަމަޖެހިފައިވާ ތާރީޚު: 11 އޮކްޓޯބަރ 2025 

މީގެ ކުރިން ކޮށްފައިވާ އިއުލާނު ނަންބަރު MCA/IL/020/2025 ގައި ވާ ގޮތުން މި ސެލެކްޝަން އޮންނާނީ ރެޕިޑް ފޯމެޓަށެވެ. ނަމަވެސް މިހާރު ވާނީ އެ ނިންމުން ބަދަލު ކުރެވިފައެވެ. އަދި ސެލެކްޝަން ކުރިއަށް ދާނީ ކްލެސިކް ފޯމެޓަށްކަމުގައި ދަންނަވަމެވެ.

ސެލެކްޝަންގައި ބައިވެރިވުމަށް އެދޭ ފޯމު: https://forms.gle/ouh1KRJ49wSpaNDN9

އިތުރު މައުލޫމާތު ހޯދުމަށް 7776466 އަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ.

15 ސެޕްޓެންބަރު 2025
ހޯދާ