މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ

 

އިޢުލާން

 

މޯލްޑިވިއަން ބްލަޑް ސަރވިސަސް އިއުލާން ނަމްބަރު : 449/449/2025/61(IUL) އަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތި ލާފައި ނުވާތީ، އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފެކެވެ.

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ / ހެލްތް ޕްރޮމޯޝަން އެންޑް ޕްރިވެންޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މުސާރަ

-/10613 ރުފިޔާ

މަގާމުގެ އެލަވަންސް

-/4953 ރުފިޔާ

ޙާޟިރީ ޢިނާޔަތް

-/134 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު (4/2012) އާއި ކަމާގުޅޭ ޤާނޫނުތަކާއި، ގަވައިދުތަކާއި، ޕޮލިސީތަކާއި އަދި ޕްލޭންތަކާ އެއްގޮތް ވާ ގޮތުގެ މަތީން ތެލަސީމިއާ އަކީ ގައިންގަޔަށް ނާރާ ބަލި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ބަލައިގެން ހަދަން ކަނޑައަޅާ އުސޫލުތައް، މިންގަނޑުތައް، ޕްލޭންތައް، އަދި ހަރަކާތްތަކާ ގުޅޭ ކަރުދާސްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމުގައި އެހީތެރިވުން.
  2. ތެލަސީމިއާ ބަލި ކޮންޓްރޯލް ކުރުމަށާއި އަދި ގައިންގަޔަށް ނާރާ ބައްޔެއްގެ ގޮތުގައި ޕްރޮގްރާމް ހިންގުމަށްޓަކައި، ރަށްރަށުގެ ޕަބްލިކް ހެލްތު ޔުނިޓްތަކާއި، ޞިއްޙީ ޚިދުމަތްތެރީންނާއި، އެހެނިހެން ފަރާތްތައް ތަމްރީން ކުރުމަށާއި، މޮނީޓަރ ކުރުމާއި އަދި އެކި ފަރާތްތައް ހޭލުން ތެރިކުރުމަށް ގިނަވަގުތު އިތުރަށް ހޭދަކޮށް، ރަށްރަށަށް ގަވައިދުން ދަތުރު ކުރުމާއި އަދި އޮން-ލައިންކޮށް ވެސް ގަވައިދުން ފުރިހަމަ ކުރުމުގައި އެހީތެރިވުން.
  3. ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި، ރަށްރަށުގައި މަސައްކަތް ކުރާ ޕަބްލިކް ހެލްތު ޔުނިޓްތަކާ ވިލަރެސްކޮށްގެން މި ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި ފަންނީ ގޮތުން އެހީތެރިވެ ދީ، ހަރަތާކަތްތައް ތަންފީޒު ކުރުމަށް ބާރު އަޅައި، އެ ހަރަކާތްތައް ހިންގުމުގައި ބައިވެރިވުމާއި، ހިންގާނެ ގޮތުގެ ގައިޑްލައިންތައް ކިޔައި ދިނުމުގައި އަދި އެ މަސައްކަތްތައް މޮނީޓަރކޮށް އިވެލުއޭޓް ކުރުމުގައި އެހީތެރިވުން
  4. ޕަބްލިކް ހެލްތު ޔުނިޓްތަކާއި، ޞިއްޙީ ޙިދުމަތްދޭ ތަންތަނާއި، އިދާރާތަކާއި އަދި ޖަމިއްޔާ ޖަމާއަތް ތަކާއެކު ވިލަރެސްކޮށްގެން ތެލަސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގައި، ފާހަގަ ކުރެވޭ އާބާދީ ތަކާއި އަދި ވަކިވަކި ފަރުދުންނާއި، ދެމަފިރިންނަށް ނުވަތަ ޒަވާޖީ ހަޔާތެއް ފަށަން އުޅޭ މީހުންނާއި، މާބަނޑު މީހުންނަށް ކައުންސިލިންގ ބޭނުންވޭތޯ ދެނެގަނެ އެކަން ފާހަގަ ކުރެވޭނަމަ، ސައިކޯ-ސޯޝަލް ކައުންސިލަރުން މެދުވެރިކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވީ އެންމެ އަވަހަށް ފޯރުކޮށް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމާއި އަދި އެކަން މޮނީޓަރކޮށް ފޮލޮއަޕް ހެދުމުގައި އެހީތެރިވުން،
  5. ލޭ ހަދިޔާ ކުރާ ފަރާތްތަކާއި އަދި ޚާއްސަކޮށް އާއްމުކޮށް ލޭ ހަދިޔާ ކުރުމުގެ މުޙިއްމު ޚިދުމަތް ދޭ ފަރުދުން (ޑޯނަރުން)ގެ ރަޖިސްޓަރީ ބަލަހަށްޓައި، އެފަރާތްތަކުގެ އާއްމު ޞިއްޙަތު ހެޔޮގޮތުގައި ބެހެށްޓުމަށް ބޭނުންވާ ރަނގަޅު ކާނާއާއި ގުޅޭ މައުލޫމާތާއި، އަދި ގައިންގަޔަށް އަރާ ބަލިތަކާއި، އަދި ގައިން ގަޔަށް ނާރާ ބަލިތަކާ އަދި ހެލިފެލިވެ އުޅުމާ ގުޅޭގޮތުން ޞިއްޙީ ރައްކާތެރިކަމުގެ މައުލޫމާތު ދީ އެފަރާތްތަކާއެކު މިކަމުގައި ޕަބްލިކް ހެލްތާ ގުޅުން ހުރި ފަންނީ ޚާއްސަ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  6. ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުން އަންނަ އާބާދީ އަކީ، ހަކުރު ބައްޔާއި، ހިތުގެ ބަލި، ފަދަ ގައިންގަޔަށް ނާރާ ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެފައިވާ، ވަރަށް ހޭލުންތެރި ވެފައިވާ އާބާދީއެއްގެ ގޮތުގައި ހެދުމަށްޓަކައި، އާންމު ޞިއްޙަތުގެ ރައްކާތެރިކަމާއި އަދި ހޭލުންތެރި ކަމުގައި ހަރަކާތްތައް ހިންގައި، އެފަދަ އާބާދީތައް ގައިންގަޔަށް ނާރާ ބަލިތަކުން ދުރުކުރުމަށް ޕްލޭންތައް ކަމާބެހޭ އިދާރާތަކުން އެކަށައަޅާފައިވާ ހަރަކާތްތައް މެދުނުކެނޑި ގިނައިން ހިންގުމާއި، މޮނީޓަރކޮށް އަދި އިވެލުއޭޓް ކުރުމުގައި އެހީތެރިވުން.
  7. ތެލަސީމިއާ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި، ކަނޑައަޅާ ވަކި ސަރަޙައްދެއްގެ ނުވަތަ ސަރަޚައްދު ތަކެއްގައި ދިރިއުޅޭ އާބާދީތަކާއި، ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުން އަންނަ މީހުންނާއި، އާއިލާތަކާއި އަދި  ބަލީގެ ނިސްބަތް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ޑޭޓާ އަދި މައުލޫމާތު ހޯދައި، އެއްކުރުމާއި، ސާފުކުރުމާއި އަދި އެނަލައިޒް ކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
  8. ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި، ވަކިވަކި އާބާދީތަކަށް މައުލޫމާތު ދިނުމާއި، ހޭލުންތެރިކަން އިތުރު ކުރުމަށް މަދަރުސާތަކާއި، ލާމަރުކަޒީ ދާއިރާތަކުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގަންޖެހޭ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހޯދައި، ކަލަންޑަރުކޮށް، ހަރަކާތްތައް ޕްލޭންކޮށް، ޕްރޮޕޯރސަލް ތައްޔާރުކޮށް، ހުށަހަޅައިގެން، ހާސިލްކޮށް، ބައިވެރިވުން ހޯދައިގެން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
  9. މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ ޚިދުމަތްތައް މެދު ނުކެނޑި ތަރައްޤީ ކުރުމަށްޓަކައި، ހަދަންޖެހޭ ކޮންސެޕްޓް ކަރުދާސްތައް، އިނީޝިއޭޓިވް، ޕްރޮޖެކްޓް، ޕްލޭން، ހަރަކާތް، ބަޖެޓް އަދި ޓައިމް ލައިންތަކުގެ ޑްރާފްޓްތައް ތައްޔާރު ކުރުމަށް ބޭނުންވާ މަސައްކަތްތައް ހަވާލުކުރާ ފެންވަރަށް އިތުރު ވަގުތު ހޭދަކޮށްގެން ވެސް ދުރާލާ ފުރިހަމަ ކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އިސްނަގައިގެން އެހީތެރިވުން.
  10. މޯލްޑިވިއަން ބްލަޑް ސާރވިސަސްގައި ރައްކާކުރުމަށް ހޯދަން ޖެހޭ ރައްކާތެރި ލޭގެ މިންވަރު އިތުރު ކުރުމަށްޓަކައި، ހިންގަން ކަނޑައަޅާ ޕްރޮގްރާމްތަކާއި، ހޭލުންތެރިކަން އިތުރު ކުރުމާއި، ތަރުހީބު އިތުރު ކުރުމާއި، ކޭމްޕްތައް އޮގަނައިޒު ކުރުން ފަދަ މަސައްކަތް ތަކުގައި އިސް ދައުރެއް އަދާކޮށް މި މަސައްކަތުގައި ބައިވެރިވުން.
  11. ހަވާލުވެފައިވާ މަސައްކަތާ ގުޅޭ، ބަޖެޓާ ގުޅޭ ލިޔުންތައް، އަހަރީ ރިޕޯރޓް، މަހު ރިޕޯރޓް، ދުވަހު ތަފާސްހިސާބުތައް އެއްކުރުމާއި، ޞައްޙަކަން ކަށަވަރު ކުރުމާއި، ހުށަހެޅުމަށް ބޭނުންވާ، ޓައިމްލައިންތަކާއި، ރިޕޯރޓާއި އަދި އެކިއެކި ޔައުމިއްޔާތައް ހަވާލުކުރާ މިންވަރާއި އަދި ފެންވަރަށް ގަވައިދުން ލިޔުމުން ފުރިހަމަކޮށް ހުއްދައަށް ހުށަހެޅުން.
  12. މަސައްކަތްކުރާ ސެކްޝަން ނުވަތަ ޔުނިޓަށް ބޭނުންވާ ތަކެތި ހޯދުމާއި، ކޮމިޓީތަކާއި އަދި ބައްދަލުވުންތަކުގެ ސެކެޓްރިއޭޓް މަސައްކަތް ކުރުމާއި، އަދި އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށް އިދާރީ ބަޔާއި، ހިއުމަން ރިސޯސް އާއި ޕްރޮކިއުމަންޓް ފަދަ ސެކްޝަން/ޔުނިޓްތަކަށް ބޭނުންވާ އެހީތެރިކަމާއި މައުލޫމާތު ފޯރުކޮށް ދިނުން.
  13. ޞިއްޙީ އަދި އެހެނިހެން ކުއްލި ކާރިސާތަކާއި، ހާދިސާތަކުގައި ހަރަކާތް ތެރިވާނެ ގޮތުގެ ޕްލޭންތަކާއި ހަރަކާތްތައް އެކަށައެޅުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި، އެފަދަ ކާރިސާ ތަކާއި އަދި ހާދިސާތަކުގައި ހަވާލުކުރާ މަސައްކަތް ފުރިހަމަ ކުރުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ދާއިރާ:

  • ބަޔޯ ސްޓެޓިސްޓިކްސް
  • ކޮމިނިއުކަބަލް ޑިސީޒް
  • ކޮމިއުނިޓީ ހެލްތު
  • ކޮމިއުނިޓީ ހެލްތް ނަރސިންގ
  • ކޮމިއުނިޓީ މެޑިސިން
  • ޑިމޮގްރަފީ
  • ޑައިޓެޓިކްސް
  • ޑިޒާސްޓަރ މެނޭޖުމަންޓު
  • އިމަރޖެންސީ މެނޭޖްމަންޓް
  • އެމަރޖެންސީ ޕްރިޕެއަރޑްނަސް
  • އެންޓޮމޮލޮޖީ
  • އެންވަޔަރަމަންޓް ހެލްތު
  • އެޕިޑިމިއޮލޮޖީ
  • ގްލޯބަލް ހެލްތް
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
  • ހެލްތް ކެއަރ އިވެލުއޭޝަން
  • ހެލްތް ކެއަރ މެނޭޖްމަންޓް
  • ހެލްތް އެޑިޔުކޭޝަން
  • ހެލްތު އިންފޮމެޓިކްސް
  • ހެލްތް އިންފޮމޭޝަން
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
  • ހެލްތު ޕްރޮމޯޝަން
  • ހެލްތް ރިސަރޗް
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް
  • އިންފެކްޝާސް ޑިޒީސަސް
  • މެޓަރނަލް އެންޑް ޗައިލްޑް ހެލްތް
  • މެންޓަލް ހެލްތް
  • ނޮން-ކޮމިއުނިކަބަލް ޑިޒީސަސް
  • ނިއުޓްރިޝަން
  • އޮކިއުޕޭޝަނަލް ހެލްތް
  • ޕޮޕިއުލޭޝަން ހެލްތް
  • ޕްރައިމަރީ ހެލްތް ކެއަރ
  • ޕަބްލިކް ހެލްތު
  • ޕަބްލިކް ހެލްތް ނަރސިންގ
  • ޕަބްލިކް ހެލްތް ރިސަރޗް
  • ޕަބްލިކް ހެލްތް ސައިންސް
  • ރިޕޮރޮޑަކްޓިވް ހެލްތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަބްލިކް ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 18 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، ސެޕްޓެމްބަރ މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 ސެޕްޓެންބަރު 2025
ހޯދާ