ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ - ނ. އަތޮޅުހޮސްޕިޓަލް

ނ. އަތޮޅުހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމު

އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

މަޤާމްގެ ނަންބަރު:

J-352296

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. އަތޮޅުހޮސްޕިޓަލް / ސަޕޯޓް ސާރވިސް ޔުނިޓް

މުސާރަ:

   ރުފިޔާ 5,020.00

ސަރވިސްއެލަވަންސް

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އަދި އެހެނިހެން އިނާޔަތްތައް.
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ
  4. ހެލްތް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 (މަހަކު 1757.00 ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލް ގެ އިމާރާތުގައި މަރާމާތުކުރަންޖެހޭ ތަންތަންބަލާ ޗެކްކޮށް، ވެރިންގެ ލަފާގެމަތިން، ވީހާވެސް އަވަހަށް އެކަންތައް ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  2. ހޮސްޕިޓަލްގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  3. ހޮސްޕިޓަލްގެ އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ، ރޯޑްވާރދިނަސް، ސަލާމަތީ ސެޓްފިކެޓްތަކުގެ ކަންތައްތައް ބަލަހައްޓާ މުއްދަތު ހަމަވުމުގެ ކުރިން ފީދެއްކުމާއި ރޯޑްވާރދިނަސްގެ ކަންތައްތައްތައް ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ނިންމުން.
  4. ހޮސްޕިޓަލްގައި ބޭނުންކުރާ މެޝިނަރީޒް ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދާ މަސައްކަތްކުރުން.
  5. މަސައްކަތް ކުރުމަށްބޭނުންވާ ސްޕެއަރޕާރޓްސް ކަމާއި ބެހޭ ފަރާތާއި ވާހަކަ ދައްކައިގެން ހޯދާ ބެލެހެއްޓުމާއި ހޮސްޕިޓަލްގައި ހުންނަ އަލިފާންނިއްވާފުޅިފުޅިތައް ރިފިލްކޮށް ބެލެހެއްޓުން.
  6. ހޮސްޕިޓަލްގައި ބޭނުން ކުރާ މެޝިނަރީޒްތައް ސަރވިސް ކުރުމާއި މައްސަލައެއް ދިމާ ވެއްޖެނަމަ ކަމާގުޅޭ ޓެކްނީޝަނުންނާ ގުޅައިގެން ހައްލު ކުރުން.
  7. ހޮސްޕިޓަލްގައި ބޭނުންކުރެވޭ ޖަނަރޭޓަރ، އެމްބިޔުލާންސް ފަދަ ތަކެތި ކަމާއި ގުޅޭ ފަރާތްތަށް މެދުވެރިކޮށް ސާރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  8. ހޮސްޕިޓަލްގެ ލޯންޗްގެ އިންޖީނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލީ ގޮތުން ބައިވެރި މަސައްކަތް ކުރުން.
  9. ހޮސްޕިޓަލްގެ އިލެކްޓްރިކް ނެޓްވޯކަށް ދިމާވާ މައްސަލަތައް ޙާއްލުކުރުމުގައި އެހީތެރިވެ މަސައްކަތް ކުރުން.

10. ހޮސްޕިޓަލްގެ ފާޚާނާތަކާއި ފަރުނީޗަރުތަކާއި ކަރަންޓަށް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތުތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން.

11. ކޮންޓްރެކްޓަށް ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތައް ބަލާ ކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ވެރިންނަށް ހިއްސާކުރުން.

12. މަރާމާތުގެ މަސައްކަތްތަކަށް އަންދާސީ ހިސާބު ހޯދުމާއި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ކަންތަކާއި މަސައްކަތުގެ އެއްބަސްވުން ތައްޔާރުކުރުން.

13. ހޮސްޕިޓަލްގެ ފެނާ ނަރުދަމާއަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ފެނުގެ ޚިދުމަތް މެދުނުކެނޑި ލިބޭނޭއިންތިޒާމު ހަމަޖެއްސުން.

14. ހޮސްޕިޓަލް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ފަރާތުން އެމަސައްކަތް ކުރަމުންގެންދާގޮތް ބެލުމާއި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން.

15. ހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒުތަކުގެ އިމާރާތްތަކުގައި މަރާމާތުކުރަންޖެހޭ ތަންތަން ބެލުމާއި އެކަންތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ދިނުން.

16. ހޮސްޕިޓަލުން ބައުވެ ނައްތާލަންޖެހޭ ތަކެތި ގަވައިދުން ނައްތާލުމުގައި އެހީތެރިކަން ދިނުމާއި ނީލަން ކިޔާ ތަކެތި ނީލަން ކިޔުމުގައި އެހީތެރިވެ މަސައްކަތް ކުރުން.

17. ހޮސްޕިޓަލްގެ އޭސީތައް ސާރވިސް ކުރުމާއި އޭސީތަކަށްދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުން އަދި ރެފްރިޖަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

18. ހޮސްޕިޓަލްގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން ހުސްވިޔަނުދީ ބެލެހެއްޓުމާއި އޮކްސިޖަން ބޭނުންވާ ތަންތަނަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

19. މުވައްޒަފުން ގުޅިގެން ކުރާ ކަންކަމުގައި ބައިވެރިވުމައި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުން.

20. ސިއްޙީ އެމަރޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ޕްރައިމަރީ ހެލްތް ކެއަރ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓެފިކެޓެއް ޙާޞިލްކޮށްފައިވުން.

ގުޅޭވަޒީފާގެ ދާއިރާތައް

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

ތަޢުލީމީ ރޮނގުތައް

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް):

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ  ޝަރުތު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު، ނ.އަތޮޅުހޮސްޕިޓަލްގެ އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
  2. https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ "ކޯސް ކޮމްޕްލީޝަން" ލިޔުން ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާނަމައެވެ.)

  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ  އުވައިލައިފައިވާ  ޤައުމީ ނުވަތަ  ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންހޭ ލިޔުންތައް ހުށަހަޅާނީ 21 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނ.އަތޮޅުހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުން އީމެއިލް ހޮސްޕިޓަލަށް ލިބުނުކަން ޔަގީންކުރެއްވުން އެދެމެވެ.)  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓްގައި ހިމެނޭ ފަރާތްތަކާ އެކަންޏެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެކްޓިކަލް/އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ 28 ސެޕްޓެމްބަރު 2025 އާއި 15 އޮކްޓޯބަރު 2025 އާއި ދެމެދު ނ. އަތޮޅުހޮސްޕިޓަލްގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއު އަދި ޕްރެކްޓިކަލް/އިމްތިހާން ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް  A2”) ޝީޓް"( އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" ( އޭ 2 ޝީޓް) އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]    އަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  6568942  އެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތަކުގެ "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

14 ސެޕްޓެންބަރު 2025
ހޯދާ