މަޤާމް
|
ވާޢިޡު
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
ރޭންކް
|
ސީއެސް 16-1
|
ކްލެސިފިކޭޝަން
|
ރިލިޖަސް ޕްރޮފެޝަނަލްސް
|
މުސާރައާއި ޢިނާޔަތްތައް
|
މުސާރަ: -/16,990 ރުފިޔާ
ސަރވިސް އެލަވަންސް: -/5640 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
މަޤާމުގެ ޝަރުޠު
|
- މަޤާމަށް ބޭނުންވާ ދާއިރާއިން ޝަރީޢާ އިސްލާމިއްޔާ، ޝަރީޢާ ވަލްޤާނޫނު، ދިރާސާތުލްއިސްލާމިއްޔާގެ ދާއިރާއިން އިސްލާމީ ޔުނިވަރސިޓީއަކުން ނުވަތަ އިސްލާމިކް ފެކަލްޓީއަކުން ޢަރަބި ނުވަތަ އިނގިރޭސިބަހުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުމާއެކު، ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމާއި، ވަޢުޡު ވިދާޅުވުމުގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ؛
- މުސާޢިދު ވާޢިޡު، ސީއެސް 14-3 ގްރޭޑުގައި 2 އަހަރު ދުވަހުގައި މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އިން މަތީ މާކްސް ހޯދާފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުން.
- ރާއްޖޭގެ މިސްކިތްތަކާއި ސްކޫލް މަދަރުސާތަކާއި އެނޫންވެސް އެފަދަ ތަންތަނުގައި ހިންގޭ ދީނީ ޕްރޮގްރާމްތަކުގައި ދޭންޖެހޭ ދީނީ އިރުޝާދާއި މަޢުލޫމާތު ފޯރުކޮށްދިނުން.
- ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތު ހިފެހެއްޓުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މީޑިޔާ ބޭނުންކޮށްގެން ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
- އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކާ ގުޅިގެން ކުރެވޭ ސުވާލުތަކުގެ ޖަވާބު ފޯރުކޮށްދިނުން.
- އިސްލާމްދީނާމެދު ކުރެވޭ ކުށްހީތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކުރުން. މިފަދަ ދިރާސާތައް ކުރުމުގައި، އެހެނިހެން އިސްލާމީ ޤައުމުތަކުގައި އެފަދަ ކަންކަން ނިންމާފައި ގޮތްތަކަށް ރިޢާޔަތްކުރުން.
- މީޑިޔާގެ ތަފާތު ވަސީލަތްތަކުން އިސްލާމްދީނާ ބެހޭގޮތުން ފަތުރަމުންދާ ދޮގުވާހަކަތައް ދެނެގަނެ، އެކަންކަމަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާކުރުން.
- އިސްލާމީ ޤައުމުތަކުން ޓެރެރިޒަމް ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ދިރާސާކޮށް، ރާއްޖޭގައި މިފަދަ ޢަމަލުތައް ހުއްޓުމަށް ކުރެވިދާނެ ކަންކަން ދެނެގަތުން.
- ރާއްޖޭގައި ޝާޢިއުކުރުމަށްޓަކައި ލިޔާ ދީނީ ފޮތްތަކާއި ލިޔުންތަކުގައި އިސްލާމްދީނާ ޚިލާފުވާ ފަދަ ވާހަކަތައް ހުރިތޯ ބަލައި، އެފަދަ ފޮތްތައް ފާސްކުރުން.
- ދީނުގެ މައްސަލައަކާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ނެރެންޖެހޭ ފަތުވާތައް ދެނެގަނެ، އެ ފަތުވާ ނެރުމަށް ބޭނުންވާ ދިރާސާ ކަރުދާސް ތައްޔާރުކޮށް ފިޤްހު އެކަޑަމީއަށް ފޮނުވުން.
- ސެމިނާރ މަހާސިންތާ ކޮންފަރެންސްތަކަށް ހުށަހަޅަންޖެހޭ ދިރާސީ ކަރުދާސް ތައްޔާރުކުރުން.
- ތަފާތު މައުޟޫޢުތަކަށް ލިޔަންޖެހޭ ފޮތާއި ލީފްލެޓާއި ޚުޠުބާ ފަދަ ލިޔުންތައް ލިޔުން.
|
އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިމްތިޙާން ކުރުން
|
މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިމްތިޙާން ކުރުން، 2015 އޮކްޓޫބަރުު 25 އިން 2015 ނޮވެންބަރު 22 އާ ދެމެދު މާލޭގައި އޮންނާނެއެވެ.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން www.islamicaffairs.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
ސުންގަޑި
|
- 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
- މި މަގާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3020232 ނަންބަރު ފޯނަށް ނުވަތަ 3020210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
- ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
|
16 ޛުލްޙިއްޖާ 1436 |