ދިވެހިރާއްޖެ
އިޢުލާން
މީދޫއަވަށު އޮފީހުގައި ހުރި ބައުތަކެތި ނީލަން ކިއުމާއި ބެހޭ
މީދޫއަވަށު އޮފީހުގައި ހުރި ތިރީގައި މިދަންނަވާ ބައުތަކެތީގެ ނީލަން ކިޔުން 21 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މީދޫއަވަށު އޮފީހުގެ ގޯތިތެރޭގައި އޮންނާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
ނީލަމުގައި ބައިވެރިވުމަށް ހާޟިރުވާންޖެހޭ ތަނާއި ތާރީޚް |
މީދޫ އަވަށު އޮފީސް ،21 ސެޕްޓެމްބަރ 2025، ހެނދުނު 10:00 |
ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: |
ދުވަހު ނީލަމުގައި |
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަމްބަރ |
6895557 |
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުމަށް، މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުންއެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނީލަމުން ނެންގެވި ތަކެތި ނީލަންކިޔާ ސަރަޙައްދުން ގެންދަވަންވާނެއެވެ.
22 ރަބީޢުލްއައްވަލު 1447
14 ސެޕްޓެމްބަރ 2025