މަޤާމް: ޕްރޮޖެކްޓް އޮފިސަރ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
ކުލެސިފިކޭޝަން: MS2
|
އަސާސީ މުސާރަ: -/6،295 ރުފިޔާ
|
ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ލޯކަލް ގަވަރމަންޓް އޮތޯރިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ އެކި އެކި މަޝްރޫޢުތަކުގެ މަސައްކަތްތައް ސެކްޝަން ހެޑުގެ އިރުޝާދުގެ ދަށުންކޮށް ބެލެހެއްޓުން.
- މީހުން ބިނާކުރުމާއި އިޖުތިމާޢީ މަޝްރޫޢުތަކަށް އެކުލަވައިލެވޭ ޕްރޮޖެކްޓްތައް އެކުލަވައިލުމުގެ މަސައްކަތްކުރުން.
- ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.
- ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބަލައި ވަޒަންކުރުން.
- ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަޒަންކުރުމަށްފަހު ލިބޭ މަޢުލޫމާތުގެ އަލީގައި ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނައުމަށް ލަފާދިނުން.
- ޕްރޮޖެކްޓްތަކާ ގުޅިގެން ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޢިލްމީ ކަރުދާހާއި ފަންނީ ކަރުދާސް ތައްޔާރުކުރުން.
- ބީއޯކިއު ހެދުމާއި، ކުރެހުންތައް ހުންނަނީ ފަންނީ މިންގަނޑުތަކާއި ޤާނޫނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.
|
އުޖޫރަޔާއި ޢިނާޔަތްތައް:
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ) ދެވޭނެއެވެ.
|
މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:
|
- މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތައް،
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
- ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެވެ.
|
މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
ކުލެސިފިކޭޝަން: MS1
|
އަސާސީ މުސާރަ: -/5،610 ރުފިޔާ
|
ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އޮފީހަށް / ޝެކްޝަނަށް އަންނަ ލިޔުންތަކާއި ސިޓީއާއި، އީ.މެއިލް ފަދަތަކެތި އެންޓްރީކުރުވައި، އެތަކެތީގެ ތެރެއިން ސެކްޝަނުން ފިޅަވަޅުއަޅައި ޖަވާބުދޭންޖެހޭ ސިޓީއާއި ފެކްސްފަދަ ތަކެއްޗަށް ޖަވާބުދިނުން.
- ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އެހީތެރިވުން.
- ހެދިފައިވާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅޭ ޑާޓާ ބޭސް އެކުލަވާލައި ބެލެހެއްޓުމާއި، އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ބެލެހެއްޓުން.
- މިނޫންވެސް، އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުންހުރި ރަސްމީ މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) ލިބޭނެއެވެ.
|
މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:
|
- މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތައް،
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
- ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް،
- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު: 2 (އެކެއް)
|
ކުލެސިފިކޭޝަން: GS4
|
އަސާސީ މުސާރަ: -/5،020 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1،500 ރުފިޔާ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
މަޤާމުގެ ޝަރުޠުތައް:
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- މި އޮތޯރިޓީގެ އިދާރީ މަސައްކަތްތައް ކުރުން.
- އޮފީހަށް އަންނަ ފޯން ކޯލާއި، ސިޓީއާއި، ފެކުހާއި، އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި ޖަވާބުދޭންޖެހޭ ސިޓީއާއި ފެކްސް ފަދަ ތަކެއްޗަށް ޖަވާބުދިނުން.
- އޮފީސް ހުޅުވައި ލެއްޕުން.
- އޮފީހުން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) ލިބޭނެއެވެ.
|
މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:
|
- މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތައް،
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
- ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ، ނުވަތަ މަތީ ތަޢުލީމް ހާސިލްކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭފަދަ ރަސްމީ ލިޔުމެއް.
- ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)
|
ސުންގަޑި:
|
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު، 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެޓޯލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފްލޯއިން) ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
- އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ 3006724 ނަންބަރު ފޯނުންނާއި، 3013124 ނަންބަރު ފޯނުން ސާފުވާނެއެވެ.
|