ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެކައުންޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

 

މަޤާމް: އެކައުންޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: MS3

އަސާސީ މުސާރަ: -/7،035 ރުފިޔާ

ސަރވިސް އެލަވަންސް: -/2,000 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މާލީ ހިސާބުތައް ބެލެހެއްޓުމުގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މާލީ ހިސާބުތައް ބެލެހެއްޓުމުގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މާލީ ހިސާބުތައް ބެލެހެއްޓުމުގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  މާލީ ހިސާބުތައް ބެލެހެއްޓުމުގައި ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • ފައިސާއާބެހޭ ދުވަހު ހިސާބު ތައްޔާރުކުރުމާއި ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓާއި، އާމްދަނީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ބެލެހެއްޓުން.
  • ބަޖެޓް ކޮންޓްރޯލްސް ހެދުމާއި، ބަޖެޓް އެނަލައިޒް ކުރުމާއި، މެނޭޖްމަންޓުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަމުގެ މަޢުލޫމާތު ތައްޔާރުކުރުން.
  • ސިސްޓަމް އެޕްލިކޭޝަން ޕްރޮޑަކްޓްސް އިން ޑޭޓަ ޕްރޮސެސިންގެ ތެރެއިން މެޓީރިއަލް މެނޭޖްމަންޓާއި ވައުޗަރ ނިޒާމު ހިންގުން.
  • މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އޮތޯރިޓީގެ މުދަލާއި ފައިސާގެ މުޢާމަލާތްތަކާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، މާލީ މިންގަނޑުތަކާ އެއްގޮތަށް ހިސާބުކިތާބު ބެލެހެއްޓުން.
  • އަހަރީ މާލީ ބަޔާން ތައްޔާރުކުރުމާއި، އަހަރީ ބަޖެޓް ތައްޔާރުކުރުކުރުމާއި، ލަފާކުރާ ބަޖެޓާއި ހިނގާ ޚަރަދު އަޅާކިޔައި، ތަފާތުތައް ރިޕޯޓް ކުރުން.
  • ކައުންސިލްތަކުގެ މާލީ ހިސާބުތައް  ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އަދި ޢަމަލީ މަސައްކަތުގެ ލަފައާއި ހުނަރު ފޯރުކޮށްދިނުން.

 

އުޖޫރަޔާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ) ދެވޭނެއެވެ. 

 

މަތީގައިވާ މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމަށް މީހުން ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށާއި SAP  ނިޒާމުން މާލީ ހިސާބުތައް ބަލަހައްޓަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، ނުވަތަ މަތީ ތަޢުލީމް ހާސިލްކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް. ކިޔު. އޭ. އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޤަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 14:00 ށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެޓޯލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފްލޯއިން ) ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3006724 ނަންބަރު ފޯނުން ނުވަތަ 3013124 ނަންބަރު ފޯނުން  ސާފުވާނެއެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015
ހޯދާ