ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން 2025 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް މި ޑިޕާޓްމަންޓުން ބަލައިގަންނަމުން ދާނެ ވާހަކަ ދަންނަވަމެވެ.
އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ( އިއްޒުއްދީން ބިލްޑިންގް، ފަޅުމަތީ މަގު ) އަދި ވެބްސައިޓް www.dpe.edu.mvއިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް ފޯމް ހުށަހަޅުއްވާނަމަ މެއިލް ކުރައްވާނީ [email protected]އަށެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 13:30 އަށެވެ.
ފޯމާއި އެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަންތަކުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.