ދިވެހިރާއްޖެ
ރަށުގެ ވަށާގެން ހޭޅިމަތީ ފޯދިފައި ހުރި ރުއްތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ތިންސަރަހައްދަށް ބަހާލާގެން ވަކިވަކި ސަރަހައްދުގެ ގޮތުގައެވެ. ފުރަތަމަ ސަރަހައްދަކީ (ބަނދަރު ސަރަހައްދު) އެމް.ޓީ.ސީ.ސީ ސައިޓްއިން ފެށިގެން ހަބްޝީ ޕްރީ ސްކޫލްގެ ކަލަމިންޖާ މަގާ ހަމައަށް، ދެވަނަ ސަރަހައްދަކީ (ފުޓްސަލް ދަނޑު ސަރަހައްދު) ބައު އިންޖީނުގެއިން ފެށިގެން ކުނި މެނޭޖު ސެންޓަރުގެ ނިވިދިއްލޭ މަގާއި ހަމައަށް، ތިންވަނަ ސަރަހައްދަކީ (ނަރުދަމާ ސަރަހައްދު) ފުޓް ބޯޅަ ދަނޑުން ފެށިގެން ޅ.އަތޮޅު މަދަރުސާގެ ކަލަމިއްޖާ މަގާ ހަމައަށެވެ. ރުއްތައް ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ރުއްތައް ކުއްޔަށް ނެގުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ރުއްތައް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ފާދިއްޕޮޅު ކުރެންދޫ ކައުންސިލުގެ އިދާރާ) މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަގެއް ހުށައެއް ނޭޅޭނެއެވެ. |
18 ސެޕްޓެމްބަރ 2025 (ބުރާސްފަތި) |
10:30 |
އަގު ހުށަހެޅުމާއި ހުޅުވުން (ސިޓީ އުރާގެ ބޭރުގައި ކުއްޔަށް ހިފާ ސަރަހައްދު ލިޔަން ވާނެއެވެ.) |
28 ސެޕްޓެމްބަރ 2025 (އާދީއްތަ) |
13:00 |
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.