މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
މެޑިކަލް ލެބޯރެޓަރީ ސްޕެޝަލިސްޓް އިން މޮލިކިއުލާރ ބަޔޮލޮޖީ

 

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސް އިއުލާން ނަމްބަރު : 449/449/2025/51(IUL) އަށް އެކަށީގެންވާ އަދަދަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތި ލާފައި ނުވާތީ، އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފެކެވެ.

މަޤާމު

މެޑިކަލް ލެބޯރެޓަރީ ސްޕެޝަލިސްޓް އިން މޮލިކިއުލާރ ބަޔޮލޮޖީ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ލެބޯރެޓަރީ މެޑިސިން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މުސާރަ

-/17486 ރުފިޔާ (މަހަކު)

މަގާމުގެ އެލަވަންސް

-/8160 ރުފިޔާ (މަހަކު)

ޙާޟިރީ ޢިނާޔަތް

-/221 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޑީ.އެން.އޭ ލެބޯރެޓަރީގެ މަސައްކަތްތްކުގެ ތެރޭގައި ހިމެނޭ ޑީ.އެން.އޭ އެކްސްޓްރެކްޝަން، އެމްޕްލިފިކޭޝަން (ޕީ.ސީ.އާރ)، އާ ގުޅުން ހުރި އެންމެހައި މަސައްކަތް ތަކުގައި ގިނަ ވަގުތު ހޭދަކޮށް އިސްކޮށް ހުރެ މަސައްކަތް ފުރިހަމަ ކުރުމާއި އަދި ކުރުވުން.
  2. ޑީ.އެން.އޭ ތަހްލީލުތައް ހެދުމަށް އަންނަ ފަރާތްތަކުގެ ސާމްޕަލްތައް، ޕްރޮސެސް ކުރުމުގެ ހުރިހާ މަސައްކަތެއް އިންތިޒާމުކޮށް، އެނަލިސިސް ހަދައި އަދި ޞައްހަކަން ކަށަވަރު ކުރެވިފައިވާ ރިޕޯޓްތައް ތައްޔާރު ކުރުމާއި އަދި ދޫ ކުރުން.
  3. ލައިސަންސް އޮންނަ މުވައްޒަފުންނާއި އަދި ޓެކްނިލް ނޫން މުވައްޒަފުންނާ މަސައްކަތް ޙަވާލުކޮށް، އެމުވައްޒަފުންގެ ފެންވަރު ބަލައި، ޕަރފޯމަންސް އެޕްރައިޒަލް މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލުން ބެލެހެއްޓުން.
  4. ލެބޯރެޓަރީގެ އެންމެހާ މަސައްކަތްތަކަށް މުވައްޒަފުން ތަމްރީނުކޮށް ކުރިއަރުވާ، އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ލެބޯޓްރީގެ ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރުމާއި، ކޮންމެ ދުވަހަކު މައުލޫމާތު ނެގުމާއި، ރިކޯޑްކުރުމާއި، ރިޕޯރޓް އަދި ރިސާރޗް ހެދުން.
  5. ލެބޯރެޓަރީން ހިންގާ ޕްރޮގްރާމްތަކުގެ މަސައްކަތްތައް މުޠާލިއާ ކުރުމާއި، އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުމާއި، ފަންނީ ގޮތުން މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި، އެފަދަ އިންތިޒާމުތައް ޑިވިޝަން/ސެކްޝަނުގައި ރާވާ ހިންގުން.
  6. ލެބޯރެޓަރީގެ ޓެސްޓްތައް ކުރުމަށް ބޭނުންވާ، މެޝިން، އިކުއިޕްމަންޓް، ރިއޭޖަންޓްއާ އެންމެހާ ކޮންސިއުމަބަލްސް ޤަވާޢިދުން އޯޑަރ ކުރުމާއި، ސްޓޮކް ކޮށް އަދި ހިދުމަތް މެދުނުކެނޑި ދެވޭނެ ގޮތައް އިންތިޒާމުތައް ރާވާ ، ވިލަރެސްކޮށް، ފޮލޯއަޕް ހަދައި، މެނުފެކްޗަރަރ އަދި ސަޕްލަޔަރުންނާ އެކު މަޝްވަރާކޮށް އަދި ސްޓަޑީކޮށްގެންވެސް ހަމަޖެއްސުން.
  7. ކަމާގުޅޭ ފަރާތްތަކާއެކު ތަމްރީންތައް ރާވާ ހިންގުމާއި، ބައިވެރވުމާއި އަދި އަމަލީގޮތުން ތެލެސީމިއާ ބައްޔަށް ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތަށް މާލެއާއި އަދި އަތޮޅު ތެރޭގައި ހިންގުން.
  8. ސެންޓްރަލް ބްލަޑް ބޭންކާއި، ލެބޯރެޓަރީގައި ބޭނުންކުރާ އެންމެހައި، އިކުއިޕްމަންޓްސްތަކާއި މެޝިނަރީޒް މެއިޓެނެންސް ކުރުވުމާއި، ކުރުމާއި، ބެލެހެއްޓުން އަދި އެމަސައްކަތަށް ޒިންމާވުން.
  9. ލެބޯރެޓަރީއަށް އަލަށް ބޭނުންވާ އޮޕަރޭޓިންގ ޕްރޮސީޖަރ ތަކާއި، ގައިޑްލައިންތަކާއި، ޕްރޮޓޮކޯލްސްތަކާ އަދި ލިޔެކިޔުން ތަކުގެ ޑްރާފްޓް ތައްޔާރުކުރުން އަދި ސްޓޭންޑަރޑައިޒުކުރުން.
  10. ރިސްކް އޮންނަ ދެމަފިރިންނާއި އަދި ތެލެސީމިއާ ކެރިއަރުންނަށް ޖެނެޓިކް ކައުންސިލިންގ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރޭވުމާއި، އިންތިޒާމުކޮށް އެ މަސައްކަތް ތަންފީޒުކުރުން.
  11. ލެބޯރެޓަރީއާ ގުޅޭ އެންމެހައި، ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ބައިވެރިވުމާއި، ޔައުމިއްޔާ ކުރުމާއެކު، ގޮތް ނިންމުމަށްޓަކައި ޑިރެކްޓަރ ޖެނެރަލަށް ލަފާ ދިނުމާއި އަދި އެހީތެރިވުން.
  12. ޑީ.އެން.އޭ ތަހްލީލު ތަކާގުޅޭ ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތަކުގެ ޑްރާފްޓް ހެދުމާއި، ފަންނީ ލަފާ ދިނުމާއި، އަދި މޮނީޓަރކޮށް ރެގިއުލޭޓު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ފުރިހަމަ ކުރުމުގައި ޑިރެކްޓަރ ޖެނެރަލަށް އެހީތެރިވުން.
  13. ނަތީޖާތަކުގެ ޞައްހަކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ރާވާ ހިންގުމާއި ވިލަރެސްކުރުމުގައި އިސް ރޯލު އަދާކޮށް އެ މަސައްކަތަށް ފުރިހަމައަށް ޒިންމާވުން.
  14. އިންސިޑެންޓް ރިކޯޑްކުރުމާއި، ލިޔުމުން ރިޕޯރޓްކުރުމާއި، އަދި ކޮމިޓީއަށް ހުށަހެޅުމާއި އެކު، އިންތިޒާމުތައް ހަމަޖައްސައި، ކަނޑައެޅިފައިވާ އުސޫލުތައް މަރުހަލާތައް ފުރިހަމަކުރުމާއެކު ފިޔަވަޅުތައް އެޅުމުގައި ގިނަ ވަގުތު ހޭދަކޮށް ޒިންމާވުމާއި އަދި ޒިންމާކުރުވުން.
  15. އޮފީހުން ހަވާލުކުރާ އެހެނިހެން ފަންނީ މަސައްކަތްތަކުގައި ޑިރެކްޓަރ ޖެނެރަލްއަށް އެހީތެރިވުމާއި އަދި ކަނޑައަޅާ ފަރާތަކަށް އެމަސައްކަތް ތަކުގައި ރިޕޯރޓްކުރުން.

މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާލައިސަންސް ތަކާއި ފުރިހަމަކުރުންލާޒިމު ތަމްރީނުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން.

 

މަޤާމުގެ ޝަރުތުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

  ނުވަތަ

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާ:

  • ބަޔޯމެޑިކަލް ސައެންސް  
  • ކްލިނިކަލް ލެބޯޓްރީ ސައެންސް  
  • ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ  
  • ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ  
  • މެޑިކްލް ލެބޯޓަރީ ސައެންސް  
  • މެޑިކްލް ލެބޯޓަރީ ޓެކްނޮލޮޖީ  
  • މެޑިކަލް ސައިންސް  
  • މެޑިކަލް ޓެކްނޮލޮޖީ 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • މެޑިކަލް ލެބޯޓްރީ ސައެންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން [email protected]   އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، ސެޕްޓެމްބަރ މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 ސެޕްޓެންބަރު 2025
ހޯދާ