ދިވެހިރާއްޖެ
ގއ. ވިލިނގިލީގެ ލޭންޑް ޔޫސް ޕްލޭނާއި ކައުންސިލްގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، ރަށުގެ ކަނޑައެޅިފައިވާ 12 ސަރަހައްދަކުން ވިޔަފާރި ބިން ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް 14 އޯގަސްޓް 2025 ގައި ކުރެވުނު އިޢުލާން ނަންބަރ: (IUL)407-ESM/407/2025/52 އާއި ގުޅިގެން އަންނަނިވި މުހިންމު މަޢުލޫމާތު ހިއްސާކުރަމެވެ.
18 އޯގަސްޓް 2025 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލްތަކަށް ފޮނުވާފައިވާ ނަންބަރު: 221-CCS/2025/103 ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިޞްލާޙާ ގުޅިގެން، އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައިވާ ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން ހުއްޓާލުމަށް އަންގާފައިވެއެވެ.
އެހެންކަމުން، މި އިޢުލާނާ ގުޅިގެން ބިޑްތައް ހުށަހެޅުން ވަނީ މަޑުޖައްސާލެވިފައެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ލިބުމާއެކު ބިޑަށް ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލެވޭނެ ވާހަކަ ދަންނަވަމެވެ.