ދިވެހިރާއްޖެ
3 ބުރި އިމާރާތުގެ 2 ވަނަ ފަންގިފިލާ އާއި 3 ވަނަ ފަންގިފިލާގައި ޗެންޗޭނު ޖެހުމާއި ކުޑަދޮރުތަކުގައި ފްރޭމް ހަރުކުރުން.
3 ބުރި އިމާރާތުގެ 2 ވަނަ ފަންގިފިލާއާއި 3 ވަނަ ފަންގިފިލާގައި ޗެންޗޭނު ޖެހުމާއި ކުޑަދޮރުތަކުގައި ފްރޭމް ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިތަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 |
22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9637878 ނަންބަރު ފޯނާއެވެ. ނުވަތަ އީމެއިލް ކުރައްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.