ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ - މާރކެޓް ރެގިއުލޭޝަން އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް

 ވަޒީފާގެ ފުރުޞަތު

 ތާރީޚް

 18 ރަބީޢުލްއައްވަލް 1447

 10 ސެޕްޓެންބަރު 2025

 ނަންބަރު

(IUL)179-3.3/179/2025/19

 މަޤާމް:

 ޑެޕިއުޓީ މެނޭޖަރ

 ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 1 (އެކެއް) އަހަރު

 މަސައްކަތް ކުރަންޖެހޭ ތަން

 މާރކެޓް ރެގިއުލޭޝަން އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް / ކެޕިޓަލް މާރކެޓް   ޑިވެލޮޕްމަންޓް އޮތޯރިޓީ

 އަސާސީ މުސާރަ

 -/10,500 ރުފިޔާ އާއި -/12,000 އާ ދެމެދު

 ފިކްސްޑް އެލަވަންސް

 -/7,000 ރުފިޔާ

 ކެޕިޓަލް މާރކެޓް އެލަވަންސް

 ކެޕިޓަލް މާރކެޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 15 އިންސައްތަ

 ޑެއިލީ އެލަވަންސް

 އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

 އިތުރުގަޑީގެ ފައިސާ

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަޤާމުގެ ޝަރުޠު

  • އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯރކުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

     ނުވަތަ

  • އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯރކުގެ ލެވެލް 7 ޙާސިލުކޮށްފައިވުމާއެކު 4 އަހަރު ދުވަހު މި ދާއިރާއިން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

 މައިގަނޑު މަސައްކަތާއި

 ޒިންމާތައް

  • ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތައް ތަންފީޒުކުރުމުގައި އެހީތެރިވެދިނުން.
  • ކެޕިޓަލް މާރކެޓް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ދިރާސާތައް ކުރުމުގައި އެހީތެރިވެދިނުން.
  • ކެޕިޓަލް މާރކެޓް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ރެގިއުލޭޓަރީ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި ޓެކްނިކަލް ސަޕޯޓްދިނުމާއި ފައިނޭންޝަލް ރިޕޯޓްތައް ރިވިއުކޮށް އެނަލަސިސް ހެދުމުގައި އެހީތެރިވެދިނުން.

 ޕޮއިންޓް ދޭނެ މިންގަނޑުތައް

  • ޙާސިލުކޮށްފައިވާ ތަޢުލީމް (ކަނޑައެޅިފައިވާ 30 އިންސައްތަ)
  • ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ 20 އިންސައްތަ)
  • ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ 10 އިންސައްތަ)
  • އިންޓަރވިއު (ކަނޑައެޅިފައިވާ 40 އިންސައްތަ)

 އެޕްލިކޭޝަން ސުންގަޑި

  • 23 ސެޕްޓެންބަރު 2025ގެ 23:59 ގެކުރިން

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
  • މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

 އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 އެޕްލިކޭޝަން ހުށަހެޅުން

 

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ.

 Application Form 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.

 

 ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ   ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް   ހަމަޖެއްސުމުގެ  އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

11 ސެޕްޓެންބަރު 2025
ހޯދާ