ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހދ. ނޮޅިވަރަންފަރުގައި މި މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވެއެވެ.
އެހެންކަމުން، ހދ. ނޮޅިވަރަންފަރުން ހައުސިން ޔުނިޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް މި މިނިސްޓްރީގައި އޮންނާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އިސްވެދެންނެވި ތާރީޚްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މިމިނިސްޓްރީން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004919 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިނިސްޓްރީގެ [email protected] އަށް އީމެއިލް ފޮނުއްވުން އެދެމެވެ. މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތުކަމުގައިވެސް ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.