ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އާންމު މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެއް ތަންތަނުގެ އާންމު މަރާމާތުގެ މަސައްކަތްތައް 1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ކަރަންޓަށް ދިމާވާ މައްސަލަތައް
- ފެންވައިރާއި ނަރުދަމާ ނިޒާމަށްޖެހޭ މައްސަލަތައް
- ސެކިޔުރިޓީ ބެލެހެއްޓުން
- ދުވަހުން ދުވަހަށް ކުނި އުކާލުން
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
29 ޛުލްޙިއްޖާ 1436
12 އޮކްޓޫބަރު 2015
ހޯދާ
