ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ވަގުތީ އިމާމަކު ހޯދުމަށް 4 އޮކްޓޫބަރު 2015 ގައި މި އިދާރާއިން ކުރި IUL)334/334/2015/81) ނަންބަރު އިޢުލާނު ބާޠިލްކޮށް، އަލުން އިޢުލާނު ކުރަމެވެ.
މަޤާމު: |
އިސް އިމާމު/ އިމާމު/ މުދިމު (ކޮންޓްރެކްޓް) |
އަތޮޅާއި ރަށް: |
މާލެއަތޮޅު / ހުރާ |
މަޤާމުގެ އަދަދު: |
1 (އެކެއް) |
އޮފީސް / އިދާރާ |
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހުރާގެ މިސްކިތްތަކަށް |
މުއްދަތު: |
26 ނޮވެންބަރު 2015 ން 17 ޑިސެންބަރު 2015 އަށް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
މުދިމު (ޖީ. އެސް. 1) 3565.00 ރުފިޔާ އިމާމު (ޖީ. އެސް. 3) 4465.00 ރުފިޔާ އިމާމު (ޖީ. އެސް. 4) 5020.00 ރުފިޔާ އިމާމު (އެމް. އެސް. 1) 5610.00 ރުފިޔާ އިމާމު (އެމް. އެސް. 2) 6295.00 ރުފިޔާ އިސް އިމާމު (އެމް. އެސް. 3) 7035.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މުދިމު( ޖީ. އެސް. 1) 1500.00 ރުފިޔާ އިމާމު (ޖީ. އެސް. 3) 1500.00 ރުފިޔާ އިމާމު (ޖީ. އެސް. 4) 1500.00 ރުފިޔާ އިމާމު (އެމް. އެސް. 1) 2000.00 ރުފިޔާ އިމާމު (އެމް. އެސް. 2) 2000.00 ރުފިޔާ އިސް އިމާމު (އެމް. އެސް. 3) 2000.00 ރުފިޔާ |
މުދިމު ނުވަތަ އިމާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
މުދިމު: ޖީ. އެސް. 1 (އެސިސްޓެންޓް އޮފިސަރ ގްރޭޑް 1) އިމާމު: ޖީ. އެސް. 3 (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1) އިމާމު: ޖީ. އެސް. 4 (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2) އިމާމު: އެމް. އެސް. 1 (ޓެކްނިކަލް އޮފިސަރ ގްރޭޑް 1) އިމާމު: އެމް. އެސް. 2 (ޓެކްނިކަލް އޮފިސަރ ގްރޭޑް 2) އިސް އިމާމު: އެމް. އެސް. 3 (ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1) |
ސެކްޝަން: |
ހުރާ ކައުންސިލް އިދާރާގެ އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް |
އެހެނިހެން އެލަވަންސް: |
ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތު: |
|
މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠުތައް:
|
މުދިމު: ޖީ. އެސް. 1 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
އިމާމު: ޖީ. އެސް. 3 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
އިމާމު: ޖީ. އެސް. 4 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
އިމާމު: އެމް. އެސް. 1 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
އިމާމު: އެމް. އެސް. 2 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
އިސް އިމާމު: އެމް. އެސް. 3 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: |
2015 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ކުރިން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ) އަށެވެ. |
އިންޓަވިއު: |
އިންޓަރވިއުކުރުން ބޭއްވޭނީ، 2015 ނޮވެންބަރު 23 ވަނަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ. |
- މުދިމުކަމުގެ މަޤާމަށް މީހަކު ހޮވުމުގައި، ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، މުދިމުކަމުގެ މަޤާމަށް މީހަކު ހޮވާނީ، މުދިމުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެގިނަ ޕޮއިންޓުލިބޭ ފަރާތަކަށެވެ.
- މި ވަޒީފާއަކީ، އެއްބަސްވުމެއްގެ ދަށުން ވަކި މުއްދަތަކަށް ދެވޭ ވަޒީފާއަކަށްވާތީ، 55 އަހަރުންމަތީގެ ފަރާތްތަކަށްވެސް މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒިފާއަށް އެދި ހުށަހަޅާ ސިޓީ / ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
- އައިޑީ ކާޑުގެ ކޮޕީ (ކިޔަން އެނގޭ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކޮށްފައިވާ ކޮޕީ (އަސްލާއެކު)
- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
- ވަޒިފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 6640074 ނަންބަރު ފޯނަށް ނުވަތަ 7752778 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6640074 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.
28 ޛުލްޙިއްޖާ 1436