ދިވެހިރާއްޖެ
މި ސްކޫލުގެ 3 ކުލާސްރޫމް ޑިޖިޓަލައިޒްކޮށް އިންޓަރއެކްޓިވް ލާރނިންގއަކަށް މަގުފަހިކުރަން ބޭނުންވާތީ (މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް) މިމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހިއްޕަވައިގެން ދުރުވެދެއްވުން އެދެމެވެ. ހާޒިރުވެވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހެޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއްގުރޫޕަކުން ނުވަތަ އެއްކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ޕެންޑްރައިވް ނުވަތަ ސީ.ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބު މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބު މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ.
ހުށަހަޅަންވީ ތަކެތި:
- ބިލްއޮފް ކުއަންޓިޓީ:
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2011 ޖަނަވަރީން 2015 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިޔުމަށެވެ.)
މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 70 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 70
މުއްދަތު: 20 ޕޮއިންޓު
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 20
ތަޖުރިބާ: 10 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ސްކޫލް
ނ. ލަންދޫ ސްކޫލް
ނ.ލަންދޫ ސްކޫލުގެ 3 ކުލާސްރޫމް ޑިޖިޓަލައިޒްކޮށް އިންޓަރއެކްޓިވް ލާރނިންގއަކަށް މަގުފަހި ކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: GS-119/2015/17 އިޢުލާނުގައިވާ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަންދާސީހިސާބު.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ނ.ލަންދޫ ސްކޫލަށް ލިބިގެންވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560576 / 7718552 / 9683166 ނަންބަރު ފޯނަށެވެ.
24 ޛުލްޙިއްޖާ 1436