ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
ހޯނޑެއްދޫ ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައް

އިޢުލާން

ހޯނޑެއްދޫ ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައް

1- ސްކޫލް ދަރިވަރުންގެ ނޯޓީސްބޯޑް ހެދުން

2- ސްކޫލް ގޭޓް މަރާމަތުކުރުން

3- ކުލާސްރޫމްތަކުގެ ފަންކާ ބަދަލުކުރުން

4- ދަރިވަރުންގެ ފާޚާނާތައް މަރާމާތުކުރުން

މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00

25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ މަޢުލޫމާތު ސާފުކުރަން ބޭނުންވާ މީހާގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983089 ނަންބަރު ފޯނަށެވެ.

14 އޮކްޓޫބަރު 2015
ހޯދާ