ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހާއި ގުޅޭ

ހދ ކުމުންދޫގެ ހަތަރު ސަރަހައްދަކުން ބިން ސާފުކުރުމަށްޓަކައި ކުމުންދޫ ކައުންސިލުން މަސައްކަތް ފަށާފައި ވާތީ މި ސަރަހައްދުތަކުގައި ހުރި ރުއްގަހުގެ ވެރިން، މި ކައުންސިލަށް ދުރުވެ ރުއްގަހުގެ ބަދަލު ފޯމު ރަސްމީ 7 ދުވަސްތެރޭ ފުރުއްވާ ކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ރުއްގަހުގެ ބަދަލު ދެވޭނެ ރުއްގަސް ކައުންސިލުން ވާނީ (ކަޅު ދަވާދުން) ސުމާރު ނަންބަރު ޖަހައި ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން ކުރުއްޕަތް ރުއް އަދި ކައުންސިލުން ސުމާރު ނަންބަރު ޖަހާފައި ނުވާ އެއްވެސް ރުއްގަހަކަށް ބަދަލު ނުދެވޭނެއެވެ. އަދި މީގެ އިތުރުން ރުއްގަސް ކަނޑަން ބޭނުންވާފަރާތްތަކުން މި 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ކައުންސިލަށް އެކަން އަންގައި ރުއްގަސް ކެނޑުމަށް ދަންނަވެމެވެ. މުއްދަތު ހަމަވުމަށް ފަހު ބަދަލަށް އެދި ހުށަނާޅާ އަދި ނުކަޑާހުރި އެއްވެސް ރުއްގަހަކަށް މި ކައުންސިލުން ޒިންމާނުވާނެ ކަމުގައި ދަންނަމަވެ. މީގެ އިތުރުން ރުއްގަހުގެ ބަދަލު ދެވޭނީ ރުއްގަހުގެ ބަދަލު ފޯމުގެ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކުރުމުން ކަމުގައި ދަންނަވަމެވެ.

ބިން ސާފުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:

  1. ހދ ކުމުންދޫ އުތުރުފަރާތުން އަލަށް ހެދި މަގާއި ގުޅޭ، ކުދި މަގުތަކުގެ ދެއަރިމަތިން 40 ފޫޓު ދުރުމިނުގައިވާ ރުއްގަސް.
  2. ރަސްމީ ފުޓުބޯޅަ ދަނޑުގެ ހުޅަނގުފަރާތުގައި ވާ ރުއްގަސް
  3. އަލް މިސްކް (އަޙުމަދު މަޢުރޫފް / ރީހުއްޞަބާ، ހދ ކުމުންދޫ) އަދި ގުލްސަނީ ( ލީސާ ރަފީޢު / މއ.އަންޑާޕޫލްގެ، މާލެ) ގެ ގޯއްޗާއި އިންވެގެން ހުޅަނގަށް އޮތް ހުސްބިން.
  4. އަލަށް އާބާދުވާ ސަރަޙައްދުގައި މިސްކިތެއް އެޅުމަށް ހަމަޖެހިފައިވާ ބިން

ވީމާ، 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ ކުރިން، މަތީގައި މިދެންނެވިފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަހުގެ ވެރިން ކައުންސިލަށް ދުރުވެ ރުއްގަހުގެ ބަދަލުފޯމު ފުރުއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2025
ހޯދާ