މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމަށް އެކުލަވާލެވިފައިވާ އުޞޫލް 2025 އަށް ޚިޔާލު ހުށަހެޅުން

ގޯތި ދޫކުރުމަށް އެކުލަވާލެވިފައިވާ އުޞޫލް 2025 އަށް ޚިޔާލު ހުށަހެޅުން

             މިހާރު ޢަމަލުކުރަމުންދާ ހިންމަފުށި ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގެމަތީން ދިރިއުޅުމަށްޓަކައި އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 40 ގޯތި ދިނުމުގައި ޢަމަލުކުރާނެގޮތުގެ ޑްރާފްޓް އުޞޫލު ޕޮއިންޓް ދޭ މިންގަޑާއެކު މިއިޢުލާނާއިއެކު ޢާއްމުކުރަމެވެ.

             ވީމާ، މިއުޞޫލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ އެންމެހައި ރައްޔިތުން ޚިޔާލު ހުށަހަޅަން ބޭނުންވާ ކަމެއްގެ ތަފްޞީލް ބަޔާންކޮށް މެއިލް ނުވަތަ ސިޓީއަކުން ނުވަތަ ލިއުމުން 23 ސެޕްޓެމްބަރ 2025 ދުވަހުގެ ނިޔަލަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

             މިއުޞޫލަށް ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކުގެ މައްޗަށް މިކައުންސިލުން މަޝްވަރާކޮށް އުޞޫލު ފާސްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

             ޚިޔާލު ހުށަހަޅުއްވާނީ [email protected] މެއިލްއަށެވެ.

             މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ސެޕްޓެންބަރު 2025
ހޯދާ