ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)248-ESMSMS/248/2025/44 (10 ޖޫން 2025) ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިޞްލާހާއި ގުޅިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން ބިން ދިނުމާއި ގުޅޭ އެންމެހާ މުޢާމަލާތުތައް ހުއްޓާލުމަށް އެ އޮތޯރިޓީގެ ނަންބަރު 221-CCS/2025/103 (18 އޮގަސްޓް 2025) ގެ ސިޓީއިން އަންގާފައިވާތީ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރުމުގެ މަސައްކަތް މަޑުޖައްސައިލި ކަމުގައި ދަންނަވަމެވެ. އަދި އެ އިޞްލާހާއި ގުޅިގެން އެކުލަވާލަންޖެހޭ އުސޫލު އެ އޮތޯރިޓީއިން އެކުލަވާލުމުން، އެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެމަސައްކަތް ކުރިއަށްދާނެ ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
16 ރަބީޢުލްއައްވަލް 1447