ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭ އިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ހދ.ފިނޭއިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓަރ ވުމަށް އެދިލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.  ނުވަތަ 6520027 އަށް ގުޅުއްވުން އެދެމެވެ.

ގަޑި

ތާރީޙް

ތަފްސީލް

11:00

14 ސެޕްޓެމްބަރ 2025 -  އާދިއްތަ

ރަޖިސްޓަރ ވުމުގެ ސުންގަޑި

11:00

14 ސެޕްޓެމްބަރ 2025 - އާދިއްތަ

ސުވާލު ފޮނުވުމުގެ ސުންގަޑި

އީމެއިލް: [email protected]

13:00

15 ސެޕްޓެމްބަރ 2025 – ހޯމަ

މައުލޫމާތު ދިނުމުގެ ބައްދަލުވުން( ހދ ފިނޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް)

11:30

16 ސެޕްޓެމްބަރ 2025 - އަންގާރަ

ބީލަންތައް ހުޅުވުން

ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6520027 ނުވަތަ 6528117 އަށެވެ.

 

 

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.

މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ. 

08 ސެޕްޓެންބަރު 2025
ހޯދާ