ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި މަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: N13-HC/IUL/2015/12 ( ތާރީޚު: 30 ސެޕްޓެންބަރު 2015 )ގެ އިޢުލާން ބާތިލުކޮށް، އަލުން މިކަމަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަސައްކަތުގެ ތަފުސީލު
ތ. އޮމަދޫ ޞިއްޙީމަރުކަޒު މަރާމާތު ކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުން.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހު 13:00 އަށް މިނިސްޓްރީ އޮފް ހެލްތު، ތ. އަތޮޅު ހޮސްޕިޓަލު އަދި ތ. އޮމަދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު، ތ. އަތޮޅު ހޮސްޕިޓަލު އަދި ތ. އޮމަދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުންވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 6780626
24 ޛުލްޙިއްޖާ 1436
