އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
އައްޑޫ ހައި ސްކޫލަށް ބޭނުންވާ 08 ސްމާޓް ޓީވީ ގަތުން

  1. މިސްކޫލަށް   08ސްމާޓް ޓީވީ ގަތުމަށް ބޭނުންވާތީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މިއަދުން (08 ސެޕްޓެމްބަރ 2025)  ފެށިގެން 16 ސެޕްޓެމްބަރ 2025 ވާ އަންގާރަދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތުހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމަތަށްޓަކައި ދަންނަވަމެވެ.
  3. ބީލަމުގައި ރަޖިސްޓްރީ ކުރުމުން މިއިޢުލާނާއި ގުޅޭ ބިޑް ފޮތް އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބިޑް ހުށަހަޅުއްވަންވާނީ ބީލަންފޮތުގައިވާ މަޢުލޫމާތު ރަގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުމެއް އަރާކަމެއްވާނަމަ ސާފުކުރުމަށް ފަހުގައެވެ. 
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  15 ސެޕްޓެމްބަރ 2025 ވާ ހޯމަދުވަހުގެ 14:00 ކުރިން މި އިޢުލާނުގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް

ހިތަދޫ،އައްޑޫ                                                                       

ފޯން:  6885796

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

16 ރަބީއަލްއައްވަލް 1447

08 ސެޕްޓެމްބަރ  2025

08 ސެޕްޓެންބަރު 2025
ހޯދާ