ދިވެހިރާއްޖެ
ސ. ގަން މެޓް އޮފީހުގައި ބޭނުންކުރި ސައިކަލް ނީލަން ކިޔުމަށް 2025 އޮގަސްޓް 25 ވަނަ ދުވަހު ކުރި ނަމްބަރ (IUL)93-A/1/2025/25ގެ އިއުލާނުގައި އިދާރީ ގޮތުން އެރި އޮޅުމެއްގެ ސަބަނުން، އެއިއުލާނުގައިވާ ''ސައިކަލު ނީލަން ކިޔުން'' ބާތިލްކޮށް އަލުން އިއުލާނުކުރަމެވެ.
ނީލަންކިޔާ ސައިކަލުގެެ ތަފްޞީލު |
|
1 ސައިކަލު (BA0A-G6217) |
ތަކެތީގެ ތަފްޞީލް: |
ސައިކަލު :10000 ( ދިހަ ހާސް ރުފިޔާ) |
ނީލަން ފެށޭ އަގު: |
ސައިކަލު : 200 ( ދުއިސައްތަ ރުފިޔާ ) |
ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު: |
ސައިކަލް ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން 13:00 ށް ސ. ގަން މެޓް އޮފީހަށް ވަޑައިގަތުމުން ސައިކަލް ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ. |
މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން: |
ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން އަގު ހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމް، ކޮންމެ ދުވަހެއްގެވެސް 12:00 ގެ ކުރިން ސ. ގަން މެޓް އޮފީހަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ކޮންމެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މި އޮފީހުގެ ވެބްސައިޓް https://www.meteorology.gov.mv/downloads ގައި ޢާއްމު ކުރެވޭނެއެވެ. (ބަންދު ދުވަސްތައް ނުހިމަނާ) |
އަގު ހުށަހަޅާނެ ތާރީޚް: |
ހުށަހަޅުއްވާ އެންމެ މަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ. |
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
ސ. ގަން ، މީޓިއޮރޮލޮޖިކަލް ސަރވިސް |
ތަކެތި ހުރި ތަން: |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7941839 އަށެވެ. |
އިތުރު މަޢުލޫމާތު: |
ނޯޓް:
ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެމްބަރ 08 ވަނަ ދުވަހުން ފެށިގެންނެވެ. ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 02 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާ ލެވޭނެއެވެ. ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 03 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކުމަށްފަހު 7 ދުވަސް ތެރޭގައި ތަކެތި ގެންދަންވާނެއެވެ.
ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެފުރުސަތު ދެވޭނެއެވެ. ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތުންވެސް ފައިސާ ނުދައްކައިފިނަމަ 3 ވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތު ދެވޭނެއެވެ. 3 ވަނައަށް ފުރުސަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ.