މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ތިބުމަށް ކޮޓަރި ހޯދުމާއި ގުޅޭ
މިކައުންސިލުގެ ބެލުމުގެ ދަށުން ރަސްގެތީމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް، މި ޕްރޮޖެކްޓްގެ މަސައްކަތް ކުރާ އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ތިބުމަށްޓަކައި، 3 ކޮޓަރި، 3 ފާޙާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް، 3 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 17 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި އީ-މެއިލް މެދުވެރިކޮއް ކޯޓޭޝަން ހުށަހަޅާނަމަ އީ-މެއިލް ކުރައްވާނީ[email protected] އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ސެޕްޓެންބަރު 2025
ހޯދާ