ބ. ކެންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ބ. ކެންދޫ ޞިއްޙީ މަރުކަޒުގެ އިރު ދެކުނު ފަރާތުން ވަންނަ ދޮރާއިވީ ދިމާލުގައި ގައުޖަހާ، ވޯކްވޭ ހަދަން ބޭނުންވާ (ކޯޓޭޝަން) ހުށައެޅުމަށް ހުޅުވާލުން.

ބ. ކެންދޫ ޞިއްޙީ މަރުކަޒުގެ އިރުދެކުނު ފަރާތުން ވަންނަ ދޮރާއިވީ ދިމާލުގައި ގައު ޖެހުމަށް ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަނެކެވެ. ހުށައަޅަނީ ވިޔަފާރިއެއް ކުރާފަރާތަކުންނަމަ، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ، އަމިއްލަ ފަރާތަކުން ނަމަ އައި.ޑީ ކާޑް ގެ ކޮޕީއެއް ހުށައަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަގު ހުށައަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. މަސައްކަތުގެ އަގު ހުށައަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު މަސައްކަތްތަކަށް ކަނޑައަޅާ އަގުތައް ވަކިވަކިން އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހަޅަންވާނެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިމަރުކަޒުގެ އިދާރީ ޔުނިޓަށް ދުރުވެ މަސައްކަތުގެ ( ކޯޓޭޝަން ) ހުށައެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9696523 އަށް ގުޅުއްވުން އެދެމެވެ.

 08 ސެޕްޓެމްބަރ 2025

08 ސެޕްޓެންބަރު 2025
ހޯދާ