ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުންދޭ މަޢުލޫމާތާއި އެއްގޮތަށް ސީ.ސީ.ޓީ.ވީ ކެމެރާ ސޮލިއުޝަން ގަންނަން ބޭނުންވެއްޖެ އެވެ. ވުމާއެކު މި ދެންނެވުނު ތަކެތި ވިއްކެވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 14 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި ދުވަހު 10:00 ގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރެޝަން، ވެލާނާގެ 4 ވަނަ ފަންގިލިލާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރުވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ޢިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 09 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްދެއްވުން އެދެމެވެ.
15 ރަބީޢުލްއައްވަލު 1447
07 ސެޕްޓެންބަރު 2025