ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ހިނަވާގެ މަރާމާތުކުރުމަށް ސަންނެޓް ދެމުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބިޑް ރަޖިސްޓްރީ ވުމުގެ ސުންގަޑި |
11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކޮށް ނުވަތަ އިދާރާގެ ކައުންޓަރަށް ހުށަހަޅައިގެން |
މަޢުލޫމާތު ދިނުން |
މި މަސައްކަތާއިގުޅިގެން ދެވޭ މަޢުލޫމާތު ސެޝަން އޮންނާނީ 2025 ސެޕްޓެމްބަރ 11ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ނޭކުރެންދޫ ކައުންސިލްގެ އިދާރާގެ ހޯލުގައެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހޯދުމަކީ ބިޑް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ. |
އަންދާސީ ހިސާބު ހުށަހެޅުން |
އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި 2025 ސެޕްޓެމްބަރ 17ވާ ބުދަ ދުވަހުގެ 13:00ގައި ނޭކުރެންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެއެވެ. |
އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައެވެ. އަގު ހުށަހަޅާ ފޯމު އަދި ބިޑް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި މި ދެފޯމު އިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520042 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.