ދިވެހިރާއްޖެ
ރަށުގައި އުފެދޭ ހުރިހާ ކުންޏެއް އަޅައި ނައްތާލުމަށް ވައިލެޓްމަގުގެ އިރުމަތީކޮޅުގައި ހަދާފައިވާ ކުނިގޮނޑަށް ގެންނަ ކުނިތައް އެކިބާވަތްތައް ވަކިވަކިކޮށް، އަނދާކަހަލަ ތަކެތި އަންދައި، އެނޫން ތަކެތި އެއްތަނަކަށް ޖަމާކޮށް، ގޮނޑު މެނޭޖްކޮށް، ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި IUL)393/393/2015/30)ފ(02 ސެޕްޓެންބަރު 2015) ނަންބަރު އިޢުލާނުގައި އެކަމަށް އެންމެ އެކަށީގެންވާ މީހަކު ހޮވުމަށް ދެފުށްފެންނަ ރަނގަޅު އުސޫލެއް ކަނޑައެޅިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ގޮނޑުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކަކީ، ހުކުރު، ހޮނިހިރު، ހޯމަ، އަންގާރަ، ބުދަ މިދުވަސްތަކުގެ ހެނދުނު 7:00 ން 11:00 އަށް، މެންދުރުފަހުގެ 3:00 ން ހަވީރު 6:00 އަށެވެ. ރަމަޟާންމަހުގައިނަމަ ހެނދުނު 8:00 ން 11:00 އަށް މެންދުރުފަހުގެ 3:00 ން ހަވީރު 5:00 އަށެވެ.
މިމަސައްކަތުގެ އަގެއްގެ ގޮތުގައި މަހަކަށް ހުށަހަޅުއްވާ އަގު -/5000 ރުފިޔާއަށްވުރެ ކުޑަވެގެން ނުވާނެއެވެ. އަދި -/5500 ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅުއްވާ ޕްރޮޕޯޒަލްތަކަށް މާކްސް ދިނުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހަޅުއްވާ ފަރާތަކާއެވެ.
މިމަސައްކަތަށް ކުރިމަތިލައްވާ ފަރާތަކީ ޢުމުރުން 18 އަހަރު ފުރި 60 އަހަރު ނުފުރޭ ފިރިހެނަކު ކަމުގައިވާންވާނެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 20 އޮކްޓޫބަރު 2015 ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. މިމަސައްކަތަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ އެންމެންގެ ހާޒިރުގައި 22 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13.00 ގައި މިއިދާރާގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ޛުލްޙިއްޖާ 1436