މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހަނދުކޭތަ ނަމާދު ކުރުމާއި ގުޅޭ
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 2025 ސެޕްޓެންބަރު 04 ވީ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ނަންބަރު 142-BI/CIR/2025/14 ސަރކިއުލަރ އާއި ހަވާލާދީ ދަންނަވަމެވެ.
2025 ސެޕްޓެންބަރު 07 ވީ އާދިއްތަ ދުވަހުގެ ރޭ، މިރޭ ރާއްޖޭގެ ގަޑިން ރޭގަނޑު 08:28 ގައި ހަނދުކޭތަ ހިފަންފަށާނެ ކަމާއި އަދި ކޭތަ އެންމެ ބޮޑަށް ހިފާފަ ހުންނާނީ މިރޭ 11:11 ކަމާށާއި ހަނދުކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމުން އަލިވެ 01:55 ގައެވެ.
ވީމާ، މިރޭ 2025 ސެޕްޓެންބަރު 07 ވީ އާދިއްތަ ދުވަހުގެ ރޭ 11:12 ގައި މަސްޖިދުލް ސަމީމާ އަބްދުﷲ ގައި ކޭތަ ނަމާދު ކުރެވިގެންދާނެ ވާހަކަ ދަންނަވަމެވެ.
07 ސެޕްޓެންބަރު 2025
ހޯދާ