މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތު ކައުންސިލް އިދާރާގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާއި ގުޅޭ:

ރ.މާކުރަތު ކައުންސިލް އިދާރާގެ ސެކިއުރިޓީ އައުޓްސޯސް އުސޫލުން 2 އަހަރު މުއްދަތަށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި  21 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މިގަޑީގައި ހުށަހެޅޭ އަންދާސީ ހިސާބުތައް ކަނޑައި މަޢުލޫމާތު އެންޓަރކޮށް އަގު ޝީޓްގައި ސޮއިކުރުން އޮންނާނެއެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅަންވާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށާއި ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދެންނެވީމެވެ. އިތުރު މަޢޫލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ 6584030 ނަންބަރާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

07 ސެޕްޓެންބަރު 2025
ހޯދާ