އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކުލީ ބިންތަކުގެ ބީލަން ބަލައިގަތުން ފަސްކުރުން

އިޢުލާން

ކުލީ ބިންތަކުގެ ބީލަން ބަލައިގަތުން ފަސްކުރުން

        މިއިދާރާގެ ނަމްބަރު (IUL)426-AE/426/2025/489، (IUL)426-AE/426/2025/499، (IUL)426-AE/426/2025/500، (IUL)426-AE/426/2025/490 އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީ ބިންތަކުގެ ބީލަން ބަލައިގަތުން ފަސްކުރެވިފައިވާ ވާހަކަ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

        މިއީ، ލާމަރުކަޒީ ޤާނޫނު ނަމްބަރު 2010/7(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)އަށް ގެނެވުނު 16ވަނަ އިސްލާޙާއި ގުޅިގެން ލޯކަލް ގަވަރމެންޓް އޮތޯރިޓީ(އެލް.ޖީ.އޭ)ގެ 221-CCS/2025/103 ނަމްބަރު ސިޓީއިން، "ކައުންސިލްގެ އިޙްތިޞާޞްގެ ދަށުގައި ހުރިބިމާއި ފަޅާއި، ފަރުގެ ސަރަޙައްދު ކުއްޔަށްދޫކުރުމާއި ދިނުން" އެލް.ޖީ.އޭއިން އެކުލަވާލަން ޖެހޭ  އުސޫލު އެކުލަވާލުމުގެ މަސައްކަތް ނިންމުމަށްފަހު އެ އުޞޫލު ކައުންސިލްތަކާއި ޙިއްސާ ކުރަންދެން ބިން ކުއްޔަށް ދޫކުރުމާއި، ދިނުން މަޑުޖައްސާލަން އަންގަވާފައިވާތީ އާއި މިއަދާއި ހިސާބަށްވެސް އިސްވެ ދެންނެވުނު އުޞޫލު ކައުންސިލާއި ޙިއްސާ ކުރައްވާފައިނުވާތީ މަތީގައި ދެންނެވުނު އިޢުލާންތަކާއި ގުޅޭ ބީލަންތައް ބަލައިގަތުން ފަސްކުރެވުނު ވާހަކަ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޢާންމުން މިކަމުގައި އުފުއްލަންޖެހުނު ތަކުލީފަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.

        ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.

15 ރަބީޢުލްއައްވަލު 1447ހ.

07 ސެޕްޓެމްބަރ 2025މ.

07 ސެޕްޓެންބަރު 2025
ހޯދާ