ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކޮށްފައިވާ 200 (ދުއިސައްތަ) ރޯހައުސް ދޫކުރުމާ ގުޅޭ އުޞޫލު (އުޞޫލު ނަންބަރު 2025/G-17 - ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
ބުނެވިދިޔަ އުޞޫލުގެ ދަށުން ރޯ ހައުސްއަށް ޝަރުޠު ފުރިހަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.
އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 7 ސެޕްޓެންބަރު 2025 ގެ 9:00 އިން ފެށިގެން 7 ނޮވެންބަރު 2025 ގެ 23:59 ނިޔަލަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004919 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިނިސްޓްރީގެ [email protected] އަށް އީމެއިލް ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.