މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ހަތަރު ފްލޯއެއްގެ ކުޑަދޮރުތަކުގައި ސަން އެކްސް ޖަހަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިނިސްޓްރީގެ ނަންބަރު: IUL)25-A2/1/2015/54)ފ(14 ސެޕްޓެންބަރު 2015) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅަން ތިން ފަރާތަށްވުރެ މަދުން ހާޒިރުވެފައިވާތީ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ޚަރަދުގައި މި މިނިސްޓްރީގެ ހަތަރު ފްލޯއެއްގެ ކުޑަދޮރުތަކުގައި ސަން އެކްސް ޖަހަން ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.

12 އޮކްޓޫބަރު 2015
ހޯދާ