ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ 2 ވަނަ ވޮލީމުބާރާތް 2025ގެ ހިންގާ ގަވާއިދު އިސްލާހުކުރުން.
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ 2 ވަނަ ވޮލީމުބާރާތް 2025ގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް، ކައުންސިލުން ނިންމާފައިވީތީ، އިސްލާހު ކޮށްފައިވާ ގަވާއިދު މި އިޢުލާނާއި އެކު އާންމުކުރީމެވެ. އަދި ގަވާއިދަށް މިގެނެވުނު އިސްލާހުތަކާއި ގުޅިގެން އަންނަނިވި ބަދަލުތައްވަނީ ގެނެވިފައެވެ.:
- ޓީމް ލިސްޓް ހުށަހަޅަންޖެހޭނީ 10 ސެޕްޓެންބަރ 2025ގެ 14:00 އަށެވެ.(ޓީމްލިސްޓް އަދި ޓީމްލިސްޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް މިއިދާރާގެ ރަސްމީ އީ.މެއިލް: [email protected] އަށް މެއިލް ކުރެވިދާނެއެވެ. ނުވަތަ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރަށް ހުށަހެޅިދާނެއެވެ.) ޓީމް ލިސްޓް ހުށަހަޅާ ފޯމް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- މުބާރާތުގެ ޓީމްލިސްޓަށް އިސްލާހު ގެނެވޭނީ 17 ސެޕްޓެންބަރ 2025 ގެ 14:00 އަށެވެ.
(ޓީމްލިސްޓަށް އިލާހު ހުށަހަޅަންލިބޭ މުއްދަތުގައި އިސްލާހު ގެނެވޭނީ ، ޓީމްލިސްޓްގައި ހިމަނާފައިވާ ރަށުން ބޭރު ކުޅުންތެރިންނާއި، ޓީމްލިސްޓްގައި އޮފިޝަލުންގެތޭރޭގައި ހިމަނާފައިވާ، ޓްރޭނަރ، އަދި މެޑިކަލް އެސިސްޓެންމަގާމަށެވެ.)
- މުބާރާތް ފެށޭނީ 20 ސެޕްޓެންބަރ 2025 ގައެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
04 ސެޕްޓެންބަރު 2025
ހޯދާ