މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާކުރަތު ކައުންސިލަށް ބޭނުންވާ 03 އޭސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި އިދާރާގެ ނަންބަރު: (IUL)305/305/2025/104 (03 އޮގަސްޓް 2025) އިޢުލާނުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިގެން، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ރ. މާކުރަތު ކައުންސިލަށް 03 އޭސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 09 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި 2025 ސެޕްޓެމްބަރ 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅަންވާނެއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެ ޤާނޫނު (18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަންހަވާލުކުރުމުގައި ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރ: 2022/G-23) އަށް ރިއާޔަތް ކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

03 ސެޕްޓެންބަރު 2025
ހޯދާ