ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025އަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލުން

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025އަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

އެމް.އެސް.އެމް.އީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އަންނަވި 2 (ދޭއް) ގިންތީގެ ދަށުން މައިގަނޑު 24 ދާއިރާއަށެވެ.

  1. ޖަޖުކުރެވޭ ގިންތި (13 ދާއިރާއެއް)
  2. ޕޮޕިއުލާ އެވޯޑްސް ގިންތި (11 ދާއިރާއެއް)

އެމް.އެސް.އެމް.އީ އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

އެމް.އެސް.އެމް.އީ އެވޯޑަށް ނަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 2 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ނިޔަލަށެވެ.

ޕޯޓަލް ލިންކް: https://msme.bcc.mv

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ޚާއްސަ ޝަރުޠުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްސީލު މި އިޢުލާނާއެކު ހިމަނައިފައިވާ "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑު 2025ދިނުމާއި ގުޅޭ އުސޫލު "ގައި ބަޔާން ކޮށްފައިވާނެއެވެ. މި ކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު މި ކޯޕަރޭޝަންގެ ހޮޓްލައިން 3305555 އަށް ގުޅުއްވައިގެން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

03 ސެޕްޓެންބަރު 2025
ހޯދާ