ދިވެހިރާއްޖެ
1 މިމަރުކަޒުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމަށް 2025 އޮގަސްޓް 4 ގައި ކުރެވުނު އިޢުލާން (IUL)GS08/2025/33) ކެންސަލްކޮށް އަލުން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ސެޕްޓެންބަރު 3 އިން 2025 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބީލަން ރަޖިސްޓްރީ ފޯރމް" ލިންކް: https://forms.gle/5AKAamkGCPQgeVMK7 އިންއެވެ.
3 ބީލަމާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ 2025 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 12:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ. އަދި ބިޑާ ގުޅޭ ގޮތުން ފޯނުން މަޢުލޫމާތު ސާފުކުރުމަށް ބޭނުން ފުޅުވާ ބޭފުޅުން 2025 ސެޕްޓެންބަރު 15 ވަނަ ދުވަހު 13:00 ން 14:00 އަށް މި މަރުކަޒުގެ ހޮޓްލައިން ނަންބަރު 650014 އަށް ގުޅާ ލުމުން ލިބޭނެއެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 ސެޕްޓެންބަރު 17 ވަނަ ދުވަހުގެ 10:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ
6 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.
ފޯން: 6500014,
އީ-މެއިލް: [email protected],mv