އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލްގެ މިސްކިތުގައި ނެވިލޯން އެޅުން
މިސްކޫލްގެ މިސްކިތުގައި ނެވިލޯން އެޅުން
މި ސްކޫލުގައި ނަމާދުކުރުމަށް ހެދިފައިވާ މިސްކިތުގައި ނެވިލޯން އަޅަން ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ސެޕްޓެމްބަރ 03 އިން 2025 ސެޕްޓެމްބަރ 08 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- https://forms.gle/vcjybujLYKxcfcn19
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ސެޕްޓެމްބަރ 10 ވާ ބުދަ ދުވަހުގެ 11:00 ގައި އަމީނިއްޔާ ސުކޫލު ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ފޯމް ސެޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އަމީނިއްޔާ ސްކޫލް
ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން:7848842 3325762، 3323247
އީ-މެއިލް: [email protected]
03 ސެޕްޓެމްބަރ 2025
03 ސެޕްޓެންބަރު 2025
ހޯދާ