މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
3 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

3 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުން

މި ކޯޕަރޭޝަންގެ މުވައްޒަފުން ބައިތިއްބުމަށް ކ.މާލެއިން 3 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށްހިފަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2015/27 (28 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 18 އޮކްޓޫބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އޮކްޓޫބަރު 2015 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށައަޅަންވާނީވެސް މިއެޑްރެހަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު

ޕޯސްޓަލްކޯޑް: 20386

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 9603320657+ ، 9609911606+

ފެކްސް ނަންބަރު:  9603317133+

24 ޛުލްޙިއްޖާ 1436 

08 އޮކްޓޫބަރު 2015
ހޯދާ