ދިވެހިރާއްޖެ
މި އިޢުލާންވަނީ 03 ސެޕްޓެންބަރު 2025 14:48 ގައި ބާތިލް ކުރެވިފައެވެ.
މި ކޮމެޓީއިން ބޭއްވުމަށް ނިންމާފައިވާ " ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2025" ގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި މުބާރާތް ކުރިއަށް ގެންދެވޭ ވަރަށް ޓީމްތައް ހަމަވެފައިނުވާތީ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މިމުބާރާތް ބޭއްވުމަށް ނިންމާފައިވަނީ، 2025 ސެޕްޓެމްބަރ 08 ވާ ހުކުރު ދުވަހުއެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަށާއި މި ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ރަށު ކައުންސިލް/ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކަމުގައިވެސް ދަންނަވަމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 06 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން ޑިޕޮސިޓް ފައިސާގެ ގޮތުގައި 2000.00 ރުފިޔާ (ދެހާސް ރުފިޔާ) ބައިވެރިވުމަށް އެދޭ ފޯމާއިއެކު ދައްކަންވާނެއެވެ. ފައިސާ ޖަމާކުރަންޖެހޭ އެކައުންޓުގެ މައުލޫމާތު ބައިވެރިވުމަށް އެދޭ ފޯމުގައި ހިމެނިފައިވާނެއެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/G66wga1mCsgK9P838
ޓީމް ލިސްޓް ހުށައަޅާ ފޯމް: https://forms.gle/D3MKTohx4ZfcZkm17
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.