މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާއިން ށ.ފުނަދޫގައި ހިންގަމުންގެންދާ ބޭސްފިހާރަ "ފުނަފަތި ފާރމަސީ" ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން
ޕްރޮޖެކްޓް ނަންބަރު: |
PC-227/2025/W-06 |
އިޢުލާން ނަންބަރު: |
(IUL)227-AD-PM/227/2025/42 |
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ށ.ފުނަދޫގައި ހިންގަމުންގެންދާ ބޭސްފިހާރަ "ފުނަފަތި ފާރމަސީ" ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ކުއްޔަށްހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 ސެޕްޓެމްބަރ 07 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.https://forms.office.com/r/fUCARiMpp3
- މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 ސެޕްޓެމްބަރ 08 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި މިއިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތްކުގެ ތެރެއިން އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދެވޭނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv) 2025 ސެޕްޓެމްބަރ 02ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ސެޕްޓެމްބަރ 16ވާ އަންގާރަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540427
އީމެއިލް: [email protected]
ކޮޕީ: [email protected] [email protected]
02 ސެޕްޓެމްބަރ 2025
02 ސެޕްޓެންބަރު 2025
ހޯދާ