ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)422-B1/422/2025/44 އިޢުލާނާއެކު ބިޑް ރަޖިސްޓްރޭޝަން ފޯމް އަދި ބީއޯކިއު އެއްކަރުދާސްކުރެވިފައި ނެތުމާއި މައުލޫމާތް ޝީޓުގައި ފުޓްސަލް ދަނޑުގެ ކުރެހުން ނެތުމުން، މި ބައިތައް އިތުރު ކުރުކޮށް އިޢުލާން ކުރަމެވެ. މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ނަންނޯޓްކުރައްވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބިޑް ހުށައެޅުން އޮންނާނީ 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައިއެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 11 ސެޕްޓެމްބަރ 2025 ވާ ބްރާސްފަތި ދުވަހުގެ 12:00ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.